ދިވެހިރާއްޖެ
1. ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު
މިކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ ބިދޭސީން ގެނައުމާއި އެމީހުންގެ ވަރކް ވިސާއާއި ގުޅޭ އެންމެހާ ކަންތައްތައް މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
2. މަޢުލޫމާތު ދިނުން:
މި ބީލަމާއި ގުޅޭގޮތުންދެވޭ މަޢުލޫމާތު ދިނުން އޮންނާނީ 26 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 8ވަނަ ފަންގިފިލާގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
3. ބިޑް ޕްރޮޕޯސަލް ހުށަހެޅުން:
ތާރީޚް: 31 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00
ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 8ވަނަ ފަންގިފިލާގައި
4. މާރކްސް ދެވޭ ކްރައިޓީރިއާތަކާއި ދެވޭ މާރކްސް:
4.1 މަސައްކަތުގެ ތަޖުރިބާ: 30 ޕޮއިންޓް (5 އަހަރު ދުވަސް ހަމަނުވާ 3 ރެފަރެންސް ހުށަހެޅުން)
4.2 އެންމެ ހެޔޮ އަގަށް: 45 ޕޮއިންޓް
4.3 ވަކިވަކި މަސައްކަތް ކޮށްދޭނެ މުއްދަތުގެ އަވަސްމިނަށް: 20 ޕޮއިންޓް
4.4 ދިވެއްސެއް ނުވަތަ ދިވެހި ޕާރޓީއެއް ނަމަ: 5 ޕޮއިންޓް
5. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް
5.1 ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން
5.2 ޕްރޮޖެކްޓްއާ ގުޅޭ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށްވުން.
5.3 ޕްރޮޖެކްޓް ހިންގޭފަދަ ފައިނޭންޝަލް ޤާބިލުކަން ހުރިކަން ސާބިތު ކޮށް ދިނުން.
5.4 ޕްރޮޖެކްޓާ ގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވުން
6. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް
6.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން
6.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް
6.3 ޢިއުލާން ކުރެވޭ ޕްރޮޖެކްޓާ ގުޅުން ހުރި ޚިދުމަތް ދިނުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން.
6.5 ދެފަރާތަކުން ގުޅިގެން ބިޑް/ޕްރޮޕޯރސަލް ހުށަހަޅާނަމަ އެފަރާތެއްގެ މަޢުލޫމާތާ ވަނަވަރު
6.6 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު ފޯރމު.
7. ބީލަން ބާތިލުވުމާ ބެހޭ މަޢުލޫމާތު
7.1 ދޮގުމަޢުލޫމާތު ދީފައިވާ ބީލަންތައް
7.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން
7.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދައްވުން
7.4 ބީލަން ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން.
7.5 "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން.
8. ބީލަން ކާމިޔާބު ކުރާ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.
8.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނެގޭނެ ގޮތް
8.2 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނަގާނެކަން
8.3 މަތީގައިވާ ކަންކަމުގެ އިތުރުން މުހިންމު ކަންތައްތައް އެއްބަސްވުމުގައި ހިމެނޭނެ
9. އިތުރު މަޢުލޫމާތު.
9.1 ބީލަމަށް ނުހޮވޭ ފަރާތްތަކަށް އެކަން އެންގުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކްވާއެއް އޮތްނަމަ ޝަކްވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.
9.2 ބިޑް ހުށަހަޅަންވާނީ ދިވެހި ރުފިޔާއިން.
9.3 ބިޑަށް ހޮވޭ ފަރާތާއެކު މުޢާމަލާތު ކުރުމަށް ދަތިވެއްޖެނަމަ (ފޯނަށް ޖަވާބު ނުދިނުން، ކޯލްބެކް ނުކުރުން، މެސެޖަށް ޖަވާބު ނުދީ ލަސްވުން، އީމެއިލްއަށް ޖަވާބު ނުދީ ލަސްވުން ފަދަ) މައްސަލަތަކުގެ ސަބަބުން ކޮންޓްރެކްޓް ހެދުމަށް ދަތިތައް ދިމާވާނަމަ ބިޑަށް ހޮވުނު ފަރާތް ކެންސަލް ކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.