ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)485/1/2021/11
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 01 ނޮވެންބަރު 2021 11:00
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްއާއި ތަކެތި ގަތުމަށް

ތަޢާރަފް

          

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކުގެ ތެރެއިން ކަރަންޓު، ފެން، ނަރުދަމާ އަދި ކުނީގެ ކަންތައްތައް ރެގިއުލޭޓު ކުރުމަށް މަތިކުރެވިފައިވާ އިދާރާއެވެ.  މި އިދާރާ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އިތުރު ކޮމްޕިއުޓަރ ސިސްޓަމްތަކާއި އޭގެ ސާމާނު އޮތޯރިޓިއަށް ބޭނުންވެއެވެ.

 

މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް

 

މި އޮތޯރިޓީގެ ވެބްސައިޓު www.ura.gov.mv  އިން ޓީ.އޯ.އާރު ޑައުންލޯޑް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން:

 

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާނެ ކަމެއްވާނަމަ 2021 އޮކްޓޫބަރު 30 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ސާފުކޮށްނުދެވޭނެއެވެ. އަދި މިސުވާލުތަކަށް 2021 އޮކްޓޫބަރު 31 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ.

 

ބިޑް ހުށަހެޅުން:

 

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 01 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކޮށްފައިހުރި ސިޓީ އުރައިގައި އެއްވަގުތެއްގައެވެ.

ނޯޓު: 01 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ބިޑް އެޑްރެސް ކުރައްވަންވީ ގޮތް:

Supply of Computer Systems

(IUL)485/1/2021/11

01 November 2021

Utility Regulatory Authority

Handhuvaree Hingun, Maafannu, Male’, 20392, Maldives

 

20 އޮކްޓޫބަރު 2021