ކުއްޔަށް ދިނުން
ނަންބަރު: (IUL)247-MS/247/2021/81
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 28 އޮކްޓޫބަރު 2021 11:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ބަނދަރު ސަރަޙައްދުގެ "އުތުރުކޮޅު ރުއްގަނޑު" ވަރުވާއަށް ދޫކުރުމާއި ގުޅޭ

ހޯރަފުށީގެ ރައްޔިތުން، ރަށުގެ މިސްކިތްމަގުގެ އުތުރުން، ބަނދަރު ސަރަޙައްދުގެ އުތުރަށް އޮތް ބަޔާއި، ބަނދަރުގެ އުތުރުކޮޅު ހުރަސްތޮށީގެ ސަރަޙައްދުގައި އިންދާ ހައްދާފައިވާ ފޯދުނު މެދުފަންތީގެ 18 (އަށާރަ) ރުއް ހިމެނޭ "އުތުރުކޮޅު ރުއްގަނޑު" ވަރުވާއަށް ލިޔެ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މި ރުއްގަނޑު ލިޔެދެވޭނީ އަހަރު ދުވަހަކަށް އެންމެ ބޮޑު ވަރުވާއެއް ހުށަހަޅާ ފަރާތަކަށެވެ. އަދި އަހަރަކަށް ވަރުވާއަށް އެންމެ ދަށް އަގެއްގެ ގޮތުގައި ހުށަހެޅޭނެ އަގަކީ 2500.00 (ދެހާސް ފަސްސަތޭކަ) ރުފިޔާ ކަމުގައި ދަންނަވަމެވެ.

            ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

25 އޮކްޓޯބަރ 2021

ހޯމަ

11:00

ފޯމް ބަލައިގަތުން

28 އޮކްޓޯބަރ 2021

ބުރާސްފަތި

11:00

            އަގު ހުށަހަޅާ ފޯމާއި ޙަވާލުވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، މިކަމަށް އެދޭ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

            14 ރަބީޢުލްއައްވަލް 1443

            20   އޮކްޓޫބަރު  2021 

20 އޮކްޓޫބަރު 2021