މުބާރާތް
ނަންބަރު: (IUL)298/298/2021/48
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 26 އޮކްޓޫބަރު 2021 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ ވޮލީ މުބާރާތާއިގުޅޭ

އިޢުލާން

އ.ތ.މ ކޮމިޓީގެ ވޮލީ މުބާރާތާއިގުޅޭ

 

 އަލިފުށީގެ އަންހެން ކަނބަލުންނަށް ޙާއްސަކޮށްގެން މި އަހަރުގެ ނޮވެމްބަރު މަސްތެރޭގައި ވޮލީ މުބާރާތެއް ބޭއްވުމަށް ނިންމާ އެކަން އިޢުލާން ކުރަމެވެ. މި މުބާރާތް ކުރިއަށް ގެންދާނީ ވޮލީބޯލް އެސޯސިއޭޝަންގެ ޤަވާޢިދާ އެއްގޮތަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

 

މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:

* ކޮންމެ މެޗެއްގެ ކުއީން އޮފް ދަ މެޗް

* އެންމެ މޮޅު ސާވަރ

* އެންމެ މޮޅު ރިސީވަރ

* އެންމެ މޮޅު ސެޓަރ 

* އެންމެ މޮޅު ސްޕައިކަރ

* މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން

* މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ

* އެންމެ މޮޅު ޑިފެންސް

* 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ

* މުބާރާތުގެ ޗެމްޕިއަން ޓީމް -/5000 ރުފިޔާ ވާދައިގެ ތަށި

* މުބާރާތުގެ ރަނަރަޕް ޓީމް -/3000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

 

        ވީމާ، މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމްފުރުވުމަށްފަހު އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ 14:00 ގެކުރިން ކައުންސިލް އިދާރާއަށް ފޯމްހުށަހެޅުއްވުން އެދެމެވެ.

 މުބާރާތާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9529808 ނަންބަރަށް ގުޅުއްވުން އެދެމެވެ.

ނޯޓް: މި މުބާރާތް ކުރިޔަށް ގެންދާނީ މަދުވެގެން 06 ޓީމް މުބާރާތުގައި ބައިބެރިވާނަމައެވެ.

 

14 ރަބީޢުލްއައްވަލް  1443

20   އޮކްޓޯބަރ   2021

 

20 އޮކްޓޫބަރު 2021