މަސައްކަތް
ނަންބަރު: (IUL)280-PRO/INDIV/2021/22
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 28 އޮކްޓޫބަރު 2021 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގެ ބޭރުގައި ފެން ވަޅެއް ހަދައި، ފެންޖެހޭނޭ އިންތިޒާމް ހަމަޖެއްސުމާ ބެހޭ

          މިރަށުގެ ފުޓްސަލް ދަނޑުގެ ބޭރުގައި ފެންވަޅެއް ހަދައި ފެންވައިރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

          މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

          ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ، މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

  • މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 28 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.

          މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

          އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ، އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

          މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

20 އޮކްޓޫބަރު 2021