ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-AHRI/225/2021/28
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 10 ނޮވެންބަރު 2021 14:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
        ދިއްދޫ،ދިވެހިރާއްޖެ

                                                                

މި އިދާރާގެ ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަމްބަރ: AHRI/225/2021/26-(IUL)225 ( 26 ސެޕްޓެންބަރ 2021 ) އިޢުލާނުގެ މުއްދަތު ހަމަވިއިރު އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ. މި އިދާރާގެ ސިއްކަ ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންވާ ފަރާތްތަކުން 2021 ނޮވެމްބަރ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި މި ދަންނަވާ ކަންކަމަށް ވިސްނަވައިގެން ސިއްކަ ފަރުމާކޮށް ދެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިއްކަ ފޮނުއްވާނީ މި އިދާރާގެ [email protected] މެއިލަށެވެ. އެއްވަނަ އަށްހޮވޭ ސިއްކައަކަށް އިނާމެއްގެ ގޮތުގައި -/5000 ރުފިޔާ ( ފަސްހާސް ) ލިބިވަޑައި ގަންނަވާނެއެވެ.

ސިއްކާގައި ހުންނަންވާނެ ބައިތައް:

  1. ސިއްކަ ހުންނަންވާނީ މި އިދާރާގެ ތީމު ކުލަ ކަމަށްވާ '' ފެހި '' ކުލާގައެވެ.
  2. ސިއްކައިން ރަމުޒުކޮށް ދޭންވާނީ ހއ. އަތޮޅަށް ނިސްބަތްވާ، ތާރީޚީ ނުވަތަ ޤަދީމީ ޒަމާނެއްގައި ބޭނުންކުރަމުންދިޔަ ނުވަތަ ބޭނުން ކޮށްފައިވާ ކޮންމެވެސް އެއްޗެއް ނުވަތަ ތާރީޚީ ތަރިކައެކެވެ.
  3. އެބޭފުޅަކު ތައްޔާރުކުރެއްވި ސިއްކައާ ބެހޭގޮތުން ކުރު ތަޢާރަފެއް ދޭންވާނެއެވެ.
  4. ކަޅުއޮށްފުންމީގެ ނަމޫނާ ބޭނުން ކުރައްވައިގެން ސިއްކަ ފަރުމާ ކުރެވިދާނެއެވެ.
  5. ތައްޔާރު ކުރައްވާ ސިއްކައަކީ އެހާ ފާޅުކަން ބޮޑު ލޯގޯއަކާ ސިފަވެގެން ނުވާނެއެވެ.
  6. ސިއްކައަކީ ރަމްޒީ އެއްޗަކަށްވާތީ، ސިއްކަ ފަރުމާ ކުރެވިފައި ހުންނަންވާނީ ވީހާވެސް ފަސޭހައި ކޮންއެއްޗެއްކަން ދެނެގަނެވޭނެ ގޮތަކަށެވެ.
  7. ސިއްކައިގައި '' ހއ. އަތޮޅު ކައުންސިލް '' މިގޮތަށް ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުން ލިޔަންވާނެއެވެ.

 

14 ރަބީޢުލްއައްވަލު  1443

20 އޮކްޓޯބަރ     2021

         

20 އޮކްޓޫބަރު 2021