ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)426-4A/426/2021/376
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 08:38
ސުންގަޑި: 28 އޮކްޓޫބަރު 2021 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ޖިމް އިންސްޓްރަކްޓަރ) ގަން ކޮމިއުނިޓީ ސެންޓަރ

ވަޒީފާގެ ފުރުސަތު

މަޤާމް

 ޖިމް އިންސްޓްރަކްޓަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

 ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ގަން ކޮމިއުނިޓީ ސެންޓަރ، ގަން / އައްޑޫ

މުސާރަ:

 -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

 -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށް ކަސްރަތު ޕުރޮގްރާމްތައް ރާވައި ހިންގުން.

 2. ޒުވާނުންގެ މަރުކަޒުން ހިންގާ ކަސްރަތު ޕުރޮގްރާމްތަކުގެ ރެކޯޑް ބެލެހެއްޓުމާއި ( އަންހެން / ފިރިހެން އަދި އުމުރު އެނގޭނެހެން) އަދި އެ މަޢުލޫމާތު ކައުންސިލް އާއި ޙިއްސާކުރުން.

 3. ޒުވާނުންގެ މަރުކަޒުން ހިންގާ ކަސްރަތު ޕުރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

 4. ޒުވާނުންގެ މަރުކަޒުން ކުރިއަށްގެންދާ ކަސްރަތު ޙަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

 5. ވަޒީފާއާ ގުޚޭގޮތުން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

 6. ޖިމްގެ މެމްބަރުންނަށް ހާޟިރީ ބެލެހެއްޓުން.

 7. ޖިމް ބޭނުންކުރުމަށް ދެ ޖިންސަށް ވަކި ގަޑިތަކެއް ހަމަޖައްސައި އެތާވަލާއި އެއްގޮތަށް ޖިމް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

 8. ޖިމާއި އަދި ޖިމުގައި ބޭނުންކުރެވޭ އެންމެހާ އިކުއިޕްމެންޓް ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

 9.ޖިމް ބޭނުންކުރާ ފަރާތްތަކުން ޖިމްގައި އުޅޭއިރު އާންމު ސާފުތާހިރުކަމަށާއި، ތަނުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން.

 10. ޖިމުގައި ބޭނުންކުރާ އެއްވެސް އިކުއިޕްމަންޓަކަށް ގެއްލުމެއްވެއްޖެނަމަ ވަގުތުން އެކަން ޔޫތު ސެންޓަރުގެ  އޮފީހަށް އެންގުމާއެކު އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

 11. ޖިމުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކުގެ މައުލޫމާތު ޖިމް ބޭނުންކުރާ ފަރާތްތަކަށް ދިނުމާއި އެތަކެތި ބޭނުންކުރާ އެންމެ ރަނގަޅުގޮތުގެ އިރުޝާދު ދިނުން. 

 12. ޖިމް ބޭނުންކުރާ ފަރާތްތަކުން ކަސްރަތުކުރަމުންދާއިރު މޮނިޓަރކޮށް، ރައްކާތެރިގޮތެއްގައި އަނިޔާނުވެ ކަސްރަތުތައް ކުރުމަށް އިރުޝާދުދީ، އެހީތެރިކަން ފޯރުކޮށްދިނުން.

 13. ޖިމް ބޭނުންކުރާ ދެ ޖިންސްގެ މީހުންނަށާއި އުމުރުފުރާ އަދި ފިޓްނެސް ލެވެލްއަށް ބަލައި ތަފާތު ކަސްރަތު ޕުރޮގްރާމްތައް ރޭވުން.

 14. ޖިމް ބޭނުންކުރާ މީހުންގެ ސިއްޙަތު ޗާޓެއް އެކުލަވާލައި މަހުން މަހަށް މޮނިޓަރކޮށް ބަލަހައްޓައި އެޗާޓާއި އެއްގޮތަށް ޕުރޮގްރާމްތައް ރޭވުން.

 15. ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވާ އެންމެހާ މަޢުލޫމާތު (ކެއުން ބަހައްޓަންވީގޮތް، ބަރުދަން ބަހައްޓަންޖެހޭ މިންގަނޑު އަދި އާންމު ދިރިއުޅުން ބަހައްޓަންވީގޮތް) ޖިމް ބޭނުންކުރާ ފަރަތްތަކަށް ފޯރުކޮށްދިނިނުން.

 16. ޖިމް ބޭނުންކުރުމުގައި އިމަޖެންސީއެއް ދިމާވާ ޙާލަތެއްގައި އަވަސް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ނޮވެންބަރ 04 އާއި 2021 ނޮވެންބަރ 11 އާ ދެމެދު، ފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892018  ނަންބަރު ފޯނާއެވެ.

                                13 ރަބީޢުލްއައްވަލް 1443

 

19 އޮކްޓޫބަރު 2021