ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/1/2020/109
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 18:49
ސުންގަޑި: 31 ޑިސެންބަރު 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދު އަށް ކަންކަން 16 ޖެނުއަރީ 2022 ކުރިން ފުރިހަމަ ކުރުމަށް ރިހަމަ

ނަންބަރ :  109  (IUL)202-M/1/2021/

 

އިޢުލާން

 

ގަވާއިދު ނަންބަރު 2015-R-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދު) އަންނަނިވި ކަންތައްތައް16  ޖެނުއަރީ 2022 ގެ ކުރިން ފުރިހަމަ ކުރުމަށް އަންގާ އިޢުލާންކުރީމެވެ.

  1. ޤަވާއިދުގެ 13 ވަނަ މާއްދާ "ހ" ގެ ދަށުން އޮންނަންޖެހޭ "އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް" ހެއްދުން
  2. ޤަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން އޮންނަންޖެހޭ "ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް" ހެއްދުން
  3. ޤަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން އޮންނަންޖެހޭ "ސުވޭޖް ސެޓްފިކެޓް" ހެއްދުން
  4. ޤަވާއިދުގެ 19 ވަނަ މާއްދާ "ރ،ބ،އަދި ޅ" ގެދަށުން ޖަދުވަލު 5 ގައި ބަޔާން ކުރާގޮތަށް "އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން" ނެގުން
  5. ޤަވާއިދުގެ 24 ވަނަ މާއްދާ "ހ" ގެ 1،2،3،4،5 ގައި ބުނާ ކެޕްޓަނުންނާއި،ފަޅުވެރިން އަދި މެރިން މެކޭނިކުންގެ ގެ އަތުގައި  މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޤަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮތުން
  6. ޤަވާއިދުގެ 29 ވަނަ މާއްދާ "ހ" ގައި ބުނާ ބޮޔަންޓް އެޕަރޭޓަސް ހުރުން
  7. ޤަވާއިދުގެ 32 ވަނަ މާއްދާ "ނ" ގައި ބުނާ ވެސެލް ޓްރެކިންގ ޑިވައިސް ހަރުކުރުން
  8. ޤަވާއިދުގެ 38 ވަނަ މާއްދާގައި ވާގޮތަށް އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން
  9. މި ޤަވާއިދުގެ ޖަދުވަލު 2 ގެ 68 އިން 72 އަށް ކެޓަގަރީގައި ބަޔާންކުރާ ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުން
  10. މި ޤަވާއިދުގެ ޖަދުވަލު 9  ގައި ބަޔާންކޮށްފައިވާ ގޮތަށް މުއާސަލާތީ އާލާތްތައް ހުރުން
  11. މި ޤަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުރުން

 

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކޮށްފައިނުވާނަމަ އުޅަނދަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

19 އޮކްޓޫބަރު 2021