މަސައްކަތް
ނަންބަރު: (IUL)269/269/2021/41
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 25 އޮކްޓޫބަރު 2021 13:30
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

ހދ. ވައިކަރަދޫ ފުޓްސަލްދަނޑު މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު ނަންބަރު:36 / 269/269/2021  (IUL) (25 އޮގަސްޓް 2021) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބައެއް ބަދަލުތައް ގެނައުމަށް ބޭނުންވާތީ، އެ އިޢުލާނާ ގުޅިގެން ހުށަހެޅުނު ބީލަންތައް ބާޠިލް ކުރުމަށްފަހު، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 13:30 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު [email protected]  އަށް  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މަތީގައިވާ ތާރީޚުގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަދި ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރުމަށްފަހު ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި މި އިދާރާ ގެ ނަންބަރ 6520046 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑް ޑޮކިއުމަންޓްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

ރަޖިސްޓްރީކުރައްވާ ފަރާތްތަކުން މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއްވާނަމަ، 2021 ނޮވެންބަރު 7 ވަނަ ދުވަހުގެ 10:30ގެ ކުރިން މަތީގައިއެވާ އީމެއިލަށް މެއިލް ކުރުމަށް ދަންނަވަމެވެ. އަދި މެއިލް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ މަސައްކަތުގަޑީގައި މި އިދާރާ ގެ ނަންބަރ 6520046 ފޯނާ ގުޅުއްވާ ޔަގީން ކުރައްވަން ވާނެއެވެ. މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން ތިރީގައި އެވާ ތާރީޚުތަކުގައި މި އިދާރާގައި އޮންނާނެއެވެ.

 

 

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

ތަން: ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ

31 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00

09 ނޮވެންބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

19 އޮކްޓޫބަރު 2021