ދިވެހިރާއްޖެ
ނަންބަރު : (IUL)MMPRC-PRO/1/2021/48
އިޢުލާން
މިކޯޕަރޭޝަންގެ ފަރާތުން ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ، ރޯޑް ޝޯ އަދި އެހެނިހެން އިވެންޓްތަކަށާއި ފަރާތްތަކަށް ފޮނުވާ ޕްރޮމޯޝަނަލް މެޓީރިއަލްސް ފަދަ ތަކެތި އެއަރޕޯޓަށް ގެންދިއުމާއި ފޮނުވުން، އަދި ބޭރުގެ އެކި ފަރާތްތަކުން މިކޯޕަރޭޝަނަށް ފޮނުވާ ތަކެތީގެ ކަސްޓަމް ކްލިއަރެންސްއާއި ގުޅޭ އެންމެހާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޮކްޓޯބަރ 25 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2021 އޮކްޓޯބަރ 27 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 15:00ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2021 އޮކްޓޯބަރ 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް، ހ. ޒޮނޭރިއާ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.
- ބިޑު ހުށަހަޅާ ފަރާތުގެ ނަން:
- ކުންފުނީގެ ނަން:
- ގުޅޭނެ ފޯނު ނަންބަރ:
- އީމެއިލް އެޑްރެސް:
- އީމެއިލްގެ ސަބްޖެކްޓް: To hire import and export agent for a period of 2 years
ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ އީމެއިލް ކުރެވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected] copy to [email protected]
ނަން: ފާތިމަތު ރަހީލް
މަޤާމް: ޑިރެކްޓަރ، ޕްރޮކިއުމެންޓް
11 ރަބީޢުލް އައްވަލް 1443
17 އޮކްޓޯބަރ 2021