ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މާލެއަތޮޅު ގާފަރުގައި ބާއްވާ ޙަފްލާގައި މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަންފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާ (35 އަހަރުން މަތި) ކެޔޮޅު ހޮވާ، އެދެފަރާތަށް ޚާއްޞަ އެވޯޑެއް ދޭގޮތަށް ހަމަޖެހިފައިވެއެވެ.
ވީމާ، މިއެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ އިސްވެ ދެންނެވި ޝަރުތު ފުރިހަމަވާ އެންމެ ޚިދުމަތްތެރި ޒުވާން އަދި ތަޖުރިބާކާރު ކެޔޮޅުން ހޮވުމަށްޓަކައި މި އިޢުލާނާއެކުއެވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 15 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމާއި ކުރައިޓީރިޔާ މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv ން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
މިދެއެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ [email protected] މެއިލް އަށް ފޮނުއްވުން އެދެމެވެ.