ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2021/14
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 24 އޮކްޓޫބަރު 2021 13:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ފޯމަން

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 14/(IUL)95-A/1/2021

ތާރީޚް: 17 އޮކްޓޫބަރު 2021

މަޤާމް:       

ފޯމަން

ރޭންކް: SS2

ކޯޓް / ސެކްޝަން

ދިވެހިރާއްޖޭގެ ހައިކޯޓު

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް                

-/1000 ރުފިޔާ

ލިވިންގ އެލަވަންސް

-/2850 ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45)

އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުންއިތުރުގަޑީގެފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބި، އެމުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބިފައިވުން

ނުވަތަ،

2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން

 

 

 

 

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

1.ސަޕޯޓު ސްޓާފުންނާއި، މެއިންޓަނަންސް ޓޭކްނީޝަން އަދި ޑްރައިވަރުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި މި މުވައްޒަފުންގެ މަސައްކަތާ ގުޅިގެން ރަގަޅު ކުރަންޖެހޭ ކަންތައްތައް ލިސްޓްކޮށް އެއްފަހަރު ސެކްޝަން ޙަވާލްވެހުރި ވެރިޔަކަށް މި ލިސްޓް ޙަވާލްކޮށް ރިކޯޑްސް ބެލެހެއްޓުން

2. ކޯޓުގެ ބޭނުންތަކަށް ގަންނަންޖެހޭ ތަކެތި ގަނެދިނުން އަދި އެކިފަރާތްތަކަށް ޙަވާލްކުރަންޖެހޭ ލިޔުންތަކާއި ތަކެތި ޙަވާލްކުރުން.

3.ކޯޓުގެ ސަލާމަތީ ކަންތައްތަކާއި (ކޯޓް ސެކިއުރިޓީ) އަލިފާން ނިވާ ނިޒާމުތައް ގާއިމްކޮށް ބެލެހެއްޓުމުގެ ގޮތުން އަލިފާންނިވާ ސާމާނު ކޮންމެ މަހެއްގެ 10ގެ ކުރިން ޗެކްކޮށް އެތަކެތީގެ ޙާލަތު އެނގޭނެ ރިޕޯޓެއް ތައްޔާރުކޮށް އެ ރިޕޯޓު ސެކްޝަންގެ ވެރިޔާއާއި ޙަވާލްކުރުން.

4.ނީލަން ކިޔުމަށް ނިންމޭތަކެތި ނީލަންފިހާރަޔާއި ޙަވާލްކުރުމާއި ނީލަންކިޔުމުން ނީލަމުގައި އެތަކެތި ވިއްކި އަގުހޯދައި އޭގެ ތަފްސީލް ސެކްޝަންގެ ވެރިޔާއާއި ޙަވާލްކޮށް ރިކޯޑް ބެލެހެއްޓުން

5.ކޯޓުގައި ނަގަންޖެހޭ ދިދަތައް ނެގުމާއި ތިރިކުރުމާއިގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް އިންތިޒާމްކޮށް ބެލެހެއްޓުން

6.ކޯޓުން އަންގާ ގޮތެއްގެ މަތިން އޮފީސް ހުޅުވުމަށް އޮފީސް ތަޅުދަނޑި ގެނެސް ގެންދިޔުން

7.ކޯޓުގެ ފަރުނީޗަރާ އެނޫންތަކެތި މަރާމާތު ކުރަންޖެހިފައިވޭތޯ މަދުވެގެން ކޮންމެ މަހަކު ޗެކްކޮށް ކުރިމަރާމާތްތައް ލިޔުމުން ވެރިއެއްގެ ސަމާލުކަމަށް ގެނެސް އެކަން ފުރިހަމަ ކުރުން

8.އެއިރެއްގައި ޙަވާލްކުރެވިފައިވާ ތަނެއްގެ ކާޕެޓް ސާފުކުރުމާއި ދޮންނަންޖެހޭ ކާޕެޓްތައް ދޮންނަން ހަމަޖެހިފައިވާ ގޮތެއްގެ މަތިން ދޮވުމުގައި އެހީތެރިވުން

9.އެއިރެއްގައި ޙަވާލްކުރެވިފައިވާ ގޮތެއްގެ މަތިން ބޯފެން ހުސްވިޔަނުދީ ކަނޑައަޅާ ތަނެއްގައި ބެހެއްޓުން

 އެކިކަންކަމަށް

 10. އެކިކަންކަމަށް އިންތިޒާމްކުރަންޖެހޭ މީޓިންގ ޖަލްސާ، ސެކްޝަންފަދަ ތަންތަން ކަނއަޅާފައިވާ ކަޑިއަށް ނިންމަން އެހީތެރިވުން

11. އޮފީސްތެރޭގައި އެއްތަނުން އަނެއްތަނަށް ބަދަލްކުރަންޖެހޭ ގޮޑި، ގަސްމުށި މޭޒުފަދަ ތަކެތި ބަދަލްކުރުމަށް އެހީތެރިވުން.

12.  ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއް ކުރުން.

13.  މީގެ އިތުރުން ވެރިންއަންގަވާ އޮފީހުގެ މަސައްކަތް ކުރުމާއި، ނުރަސްމީގަޑީގައިވެސް ވެރިން އަންގަވާ ރަސްމީ މަސައްކަތް ކުރުން.

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ފޯމަން/އޮފީސް އެސިސްޓެންޓް/މަޤާމައިގުޅޭ އެހެނިން ދާއިރާތައް

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

  1. ހައިކޯޓުން ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސުކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.
  11. އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

 

ސުންގަޑި 

24 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

17 އޮކްޓޫބަރު 2021