މަސައްކަތް
ނަންބަރު: (IUL)GS08/2021/36
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 26 އޮކްޓޫބަރު 2021 11:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހޯލް އިމާރާތުގެ ފެންވިއްސާ މައްސަލަ ހައްލުކުރުން

ހޯލް އިމާރާތުގެ ފެންވިއްސާ މައްސަލަ ހައްލުކުރުން

1. މިމަރުކަޒުންދޭ މަޢުލޫމާތާ އެއްގޮތަށް މިމަރުކަޒުގެ ހޯލް އިމާރާތުގެ ދޮރުފޮތި ހަރުކުރުމާއި ސައުންޑް ރޫމް ބޮޑު ކުރުމުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިޕްރޮޖެކްޓުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޮކްޓޯބަރ 17 ން 2021 އޮކްޓޯބަރ 26 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:45 އަށް ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3. އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް،(ޚިދުމަތްދޭ ފަރާތުގެ ނަން / މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން / މޯބައިލް ފޯނު ނަންބަރު) ހިމަނުއްވާ ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5.  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރ 31 ވަނަ ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.

6.  މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

7.  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014,

  އީ-މެއިލް: [email protected],mv

17 އޮކްޓޫބަރު 2021