ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2021/15
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 24 އޮކްޓޫބަރު 2021 13:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 15/(IUL)95-A/1/2021

ތާރީޚް: 17 އޮކްޓޫބަރު 2120

މަޤާމް:       

ލީގަލް އޮފިސަރ

ރޭންކް: JS12-2

ކޯޓް / ސެކްޝަން

ދިވެހިރާއްޖޭގެ ހައިކޯޓު / ރަޖިސްޓްރޭޝަން

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

-/9412 ރުފިޔާ

ސަރވިސް އެލަވަންސް                

-/3000 ރުފިޔާ

ލިވިންގ އެލަވަންސް

-/2850 ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %60)

އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

1. ޝަރީޢަތާ ޤާނޫނު, ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

 

 

 

އެހެނިހެން ޝަރުތު

 

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ހައިކޯޓުގެ ޤަވާޢިދާއި އެއްގޮތަށްތޯ ކަށަވަރުކުރުމުގައި ރެޖިސްޓްރާއަށް އެހީތެރިވުން.
  2. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެޚަޞްމުންކުރެ ޚަޞްމެއްގެ އެދެމުގެމަތިން، އެފަރާތުގެ ވަކީލު ބަދަލުކުރުމުގައި އެހީތެރިވެދިނުން.
  3. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  4. މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުންމުގައި އެހީތެރިވެދިނުން
  5. ރެޖިސްޓްރޭޝަން ސެކްޝަންގެ މަސައްކަތާއި ގުޅިގެން މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާއެކު މުޢާމަލާތްކުރުން.
  6. ސެކްޝަންގެ ސްޓޭޓަސް އެނގޭނޭ ޝީޓެއް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  7. މައްސަލަތަކާއި ގުޅިގެން ހައިކޯޓަށް ހުށަހަޅާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުމުގައި އެހީތެރިވުން.
  8. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޖަވާބުދޭންޖެހޭ ސިޓީތަކުގެ ޖަވާބު ތައްޔާރުކުރުމުގައި އެހީތެރިވުން.
  9. ރެޖިސްޓްރޭޝަންގެ ދަށުގައިވާ ސެކްޝަންތައް ހިންގުމުގައި އެހީތެރިވުން.

10. ހައިކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން މައްސަލަތަކުގެ އިބްތިދާޢީ ބައްދަލުވުމުގައި އެހީތެރިވެދިނުން.

11. ރެޖިސްޓްރޭޝަންގެ އިސްވެ ދެންނެވުނު މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

12. ހުށަހެޅޭ މައްސަލަތަކުގެ ފައިލްތައްޔާރުކޮށް މައްސަލަތަކުގެ ރެކޯޑް ތަރުތީބުން ބެލެހެއްޓުމަށް އެހީތެރިވެދިނުން.

13. ޤަޟިއްޔާތަކަށާއި އެކިއެކި މައްސަލަތަކަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދައިދިނުމުގައި އެހީތެރިވެދިނުން.

14. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއްކުރުން.

15. ރެޖިސްޓްރަރ ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

16. ރެޖިސްޓްރޭޝަންގެ އިސްވެ ދެންނެވުނު މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

 

 

ތަޢުލީމީ ރޮނގު

 

ޝަރީއަތާއި ޤާނޫނުގެ ދާއިރާ

 

 

 

ގުޅޭ ވަޒީފާގެދާއިރާތައް

 

 

ޝަރީޢަތާއި ޤާނޫނު / ޤާނޫނު

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

 

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަމްޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް (ޓްރާންސްކްރިޕްޓާއެކު) އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް (ޓްރާންސްކްރިޕްޓާއެކު)  ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

 

 

އިތުރު އިރުޝާދު

  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން

-  ލިބިފައިވާ ތަޢުލީމް %30

- ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތައް %5

- މަސައްކަތު ތަޖުރިބާ

- ޕްރެކްޓިކަލް ޓެސްޓް %20

- ޕްރެޒެންޓޭޝަން އަދި އިންޓަވިއު %30

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި މިނޫންވެސް ދިވެހިރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
  • ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.  
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

 

ސުންގަޑި 

24 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

17 އޮކްޓޫބަރު 2021