ދިވެހިރާއްޖެ
ހދ. ކުމުންދޫގައި އަލަށްދޫކުރިގޯތިތަކާއި ގުޅިފައިވާ މަގުފަޅިސާފުކުރުމާގުޅޭ
ކުމުންދޫގައި ކުރިއަށްދާ ފެނާނަރުދަމާގެ ނެޓްވޯކް އަލަށް އާބާދުވާ ޞަރަޙައްދަށް އެޅުމަށް ސާވޭކުރުމަށް، އަލަށްދޫކޮށްފައިވާ ގޯތިތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް، 25 އޮކްޓޫބަރ 2021 ގެކުރިން، އެގޯތިތަކުގެ ވެރިފަރާތްތަކުން ސާފުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މަގުތަކާއި އަދި މަގުތަކުގައާއި އާއްމުތަންތާގައި ބަހައްޓާފައިވާ އަމިއްލަފަރާތްތަކުގެ ލަކުޑިއާއި ވެލިފުނިތައް 25 އޮކްޓޫބަރ 2021 ގެކުރިން ނެގުމަށް އިލްތިމާސްކުރަމެވެ. މި މުއްދަތުގެ ތެރޭގައި މަގުތަކުގައާއި އާއްމުތަންތާގައި ބަހައްޓާފައިވާ އަމިއްލަފަރާތްތަކުގެ ލަކުޑިއާއި ވެލިފުނިތައް ނުނަގައިފިނަމަ، ކައުންސިލުން އެތަކެތި ނައްތާލެވޭނެއެވެ. އަދި ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ރައްޔިތުންގެ ފަރާތުން ލިބެންމުންދާ އެއްބާރުލުމަށް މިފުރުޞަތުގައި ޝުކުރުދަންނަވަމެވެ.