ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-BCC/2021/20
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 20 އޮކްޓޫބަރު 2021 12:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ހޯމް-ބޭސްޑް ވޯކާރސްގެ ދުވަހުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

20 އޮކްޓޫބަރު 2021 ވަނަ ދުވަހު ފާހަގަކުރާ އިންޓަނޭޝަނަލް ހޯމް-ބޭސްޑް ވޯކާރސްގެ ދުވަހާ ގުޅިގެން، އޮކްޓޫބަރު 21، 22 އަދި 23 ވަނަ ދުވަހު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިސްނަގައިގެން، "ހޯމް-ބޭސްޑް ވޯކާރސް ޑޭ އައުޓް" ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ އިވެންޓުގައި ބައިވެރިވުމަށް ހުޅުވާލަމެވެ. މި އިވެންޓުގެ މައިގަނޑު އެއް މަޤްޞަދަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކައް މާކެޓް ހޯދައިދީ މިފަދަ ވިޔަފާރި ތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ.

މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި އެ ފަރާތްތަކުގެ މުދާ ނުވަތަ ޙިދުމަތް ޑިސްޕްލޭ ކުރުމާއި މާކެޓް ކުރުމާއި އަދި ވިއްކުމަށްޓަކައި، ބައިވެރިވާ ކޮންމެ ފަރާތަކަށް 4x2 ފޫޓުގެ މޭޒަކާއި ޓެންޓެއް ހިމެނޭ ސަރަހައްދެއް ހަމަޖެހިގެންދާނެއެވެ. އަދި މި އިވެންޓުގައި ކާބޯތަކެއްޗާއި، އަންނައުނާއި، ފޭސް ޕެއިންޓިންގ، މޭކަޕް ފަދަ ޚިދުމަތްތަކުގެ އިތުރުން ގޭގައި ތިބެގެން ތައްޔާރު ކުރާ އެހެނިހެން ބާވަތްތަކުގެ މުދާ ވިއްކޭނެއެވެ.

މި އިވެންޓުގައި ބައިވެރިވުމަށް، ތިރީގައި ބަޔާންކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ނުވަތަ 3305555 އަށް ގުޅުއްވައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3305555 ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ކުރުމުގެ ސުން ގަޑިއަކީ 20 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ.

 

ރަޖިސްޓްރޭޝަން ލިންކް: https://tinyurl.com/3da4yvys

17 އޮކްޓޫބަރު 2021