ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2021/23
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 30 އޮކްޓޫބަރު 2021 19:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭއިން ގޯތި ބޭނުންވާ ރަށުން ބޭރުގެ ފަރާތްތަކުގެ މަޢުލޫމާތު ހޯދުން

ކޮނޑޭއިން ގޯތި ބޭނުންވާ ރަށުން ބޭރުގެ ފަރާތްތަކުގެ މަޢުލޫމާތު ހޯދުން:

ކޮނޑޭގެ އަކީ އާބާދީގައި 589 މީހުން ދިރިއުޅޭ 118 ހެކްޓަރުގެ ބިން ބޮޑު ރަށެކެވެ. ރަށަކީ ބިންބޮޑު ރަށަކަށް ވީނަމަވެސް ތަރައްޤީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާބާދީ މަދުވުމާއި، ރަށުގައި ދިރިއުޅޭ މީހުންގެ ނިސްބަތް މަދުވުމެވެ. ކަންމިހެން ހުރުމާއި ގުޅިގެން ކޮނޑޭގެ އާބާދީ އިތުރުކޮށް، ތަރައްޤީއަށް ހުރި ގޮންޖެހުންތައް ކުޑަ ކުރުމަށް ކައުންސިލުން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ކޮނޑޭއިން ގޯތި ބޭނުންވާ ރަށުން ބޭރުގެ ފަރާތްތަކަށް ގޯތި ދޫކުރުމުން ހިމެނެއެވެ.

 ވީމާ، ކައުންސިލުން ރާވާފައިވާ ގޯތި ދޫކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮނޑޭއިން ގޯތި ނެގުމަށް ޝަޢުޤުވެރިވެލައްވާ ރަށުން ބޭރުގެ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯރމް މެދުވެރިކޮށް 2021 އޮކްޓޯބަރ 30 ވަނަ ދުވަހުގެ ކުރިން މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ.

މިކަމާއި ގުޅިގެން މަޢުލޫމާތު ސާފް ކުރައްވަން ބޭނުންފުޅުވާނަމަ 6820019 އަށް ގުޅުއްވުން އެދެމެވެ.

ގޫގުލް ފޯރމް: https://docs.google.com/forms/d/e/1FAIpQLSeQSR6HatEEcVfbLaxyXCgSSfWni7igrQLeVP4JqcS6nhkL9Q/viewform?usp=pp_url

17 އޮކްޓޫބަރު 2021