މަސައްކަތް
ނަންބަރު: (IUL)AEH/AEH/2021/68
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 22:55
ސުންގަޑި: 21 އޮކްޓޫބަރު 2021 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕަރޓްމަންޓަށް ބޭނުންވާ ޕޭޝަންޓް ގައުން އަދި ސްޓާފް ސްކްރަބް އަމިއްލަ ތަކެތީގައި ފަހައިދިނުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕަރޓްމަންޓަށް ބޭނުންވާ ޕޭޝަންޓް ގައުން އަދި ސްޓާފް ސްކްރަބް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރު 2021 އިން ފެށިގެން 21 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ރެޖިސްޓްރޭޝަން ފޯމް މެއިލް ކުރައްވައި ރެޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.

މި ޢިއުލާނާއި އެކު ރެޖިސްޓްރޭޝަން ފޯމް، މަޢުލޫމާތު ޝީޓް، އެނެކްސް 1 އަދި ބީލަން ޝީޓް ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 24 އޮކްޓޯބަރު 2021 ވާ  ދުވަހުގެ 14:00ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 27 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ 14:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

16 އޮކްޓޫބަރު 2021