ދިވެހިރާއްޖެ
ނަންބަރ: A/IUL/344/2021/44
އިޢުލާން
އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ މިހާރު ބޭނުންކުރެވެމުންދާ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް، ޓޮޕްގުރަފިކް ސާރވޭ ހެދުމާއި ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2021 އޮކްޓޯބަރ 17 ވާ އާދީއްތަ ދުވަހުން ފެށިގެން 2021 އޮކްޓޯބަރ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު، ރެޖިސްޓްރޭޝަން ޝީޓާއި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 އޮކްޓޯބަރ 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2021 އޮކްޓޯބަރު 21 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
10 ރަބީޢުލްއައްވަލް 1443