މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2021/180
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 26 އޮކްޓޫބަރު 2021 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ސްޓްރާޓާ ރެޖިސްޓްރޭޝަން އަދި މެނޭޖްކުރުމަށްޓަކައި ވެބްޕޯޓަލް އަދި ޑޭޓާބޭސް ޑިވެލޮޕްކުރާނެ ފަރާތެއް ހޯދުމަށް

  1. މިމިނިސްޓްރީގެ ސްޓްރާޓާ ރެޖިސްޓްރޭޝަން އަދި މެނޭޖްކުރުމަށްޓަކައި ވެބްޕޯޓަލް އަދި ޑޭޓާބޭސް ޑިވެލޮޕްކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)471-CDS3/1/2021/167  (10 އޮކްޓޯބަރ 2021) އިޢުލާނުގައި އިދާރީ ކުށްތަކެއް ހުރުމުގެ ސަބަބުން މި އިޢުލާން ބާތިލްކޮށް އަލުން މިކަމަށް އިޢުލާންކުރީމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 19 އޮކްޓޯބަރ2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 25 އޮކްޓޯބަރ 2021ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
  3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 26އޮކްޓޯބަރ 2021ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

16 އޮކްޓޫބަރު 2021