މަސައްކަތް
ނަންބަރު: 116-F3/IL/2021/126
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 25 އޮކްޓޫބަރު 2021 14:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ސެންޓްރަލައިޒްޑް ސިވޭޖް ޓުރީޓްމަންޓް ޕްލާންޓް"އެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 "ސެންޓްރަލައިޒްޑް ސިވޭޖް ޓުރީޓްމަންޓް ޕްލާންޓް"އެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ 

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި، މި ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް "ސެންޓްރަލައިޒްޑް ސިވޭޖް ޓުރީޓްމަންޓް ޕްލާންޓް"އެއް ޤާއިމުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 އޮކްޓޫބަރު 25 ވާ ހޯމަދުވަހުގެ މެންދުރު 14:00 ގެ ކުރިން،ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގައި UC01/UC03 ދާއިރާއިން ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ނޮވެންބަރު 22 ވާ ހޯމަދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 ނޮވެންބަރު 22 ވާ ހޯމަދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

14 އޮކްޓޫބަރު 2021