ދެންނެވުން
ނަންބަރު: (IUL)264/PRIV/2021/52
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި:
14 އޭޕްރިލް 2022 14:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯތި ރަޖިސްޓްރީ ކުރުމާއި ގުޅޭ
ދިރިއުޅުމަށް ދޫކޮއްފައިވާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރެވި ހުރި ގޯތިތަކާއި،ގޯތީގެ ވެރިފަރާތް ނިޔާވެ ތަރިކަ ބަހަންޖެހޭ ގޯތިތައް 15 އޮކްޓޯބަރ 2021 ފެށިގެން 06 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީކޮށް ނިއްމަން ޖެހޭނެކަމަށް މިކައުންސިލުގެ 4 ވަނަ ދައުރުގެ 13 ވަނަ އާންމު ބައްދަލުވުމުން ވަނީ ނިއްމާފައެވެ.
ވީމާ،މިފަދަ ގޯތިތަކުގެ ވެރިން މިމުއްދަތުގެ ތެރޭގައި ގޯތިތައް ރަޖިސްޓްރީކޮށް ނިއްމުމަށް އަންގަމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ހުންނަ ގޯތި ތަކާމެދު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓްރީ ކުރުމާއި ބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތީން އަމަލު ކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 އޮކްޓޫބަރު 2021