ދިވެހިރާއްޖެ
ނަންބަރު: 68(IUL)262/262/2021/
އިޢުލާން
ވޯކްޝްޓޭޝަން ޕާޓްޝަން ހޯދުމާ ގުޅޭ
މިއިދާރާއިން ދޭ މަޢުލޫމާއި ނަމޫނާއާއި އެއްގޮތަށް މުވައްޒިފުންގެ ވޯކްސްޓޭޝަންތައް ޤާއިމުކުރުމަށް ބޭނުންވާ ޕާޓްޝަން، މޭޒު،އަދި ޕެޑަސްޓަލް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިއިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް މިތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮއްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 28 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި، ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެ ވާހަކަ ދެއްނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.