ނީލަން
ނަންބަރު: (IUL)290/290/2021/65
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 17 އޮކްޓޫބަރު 2021 11:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ގަސްތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުން

މާފަރު ކައުންސިލްގެ އިދާރާގެ އިރުމަތީގައި އޮތް ހުސް ބިމުގައި (ސުކޫލަށް ދޫކޮށްފައިވާ ބިން) ހުރި ގަސްތަކެއް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މި ގަސްތައް ވިއްކާލަން ހަމަޖެހިފައިވަނީ، އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށެވެ.

ނޯޓް: ގަސް ހެދިފައިވާ ގޮތަށް ބަލައި، ގަހުގެ މައި ގޮފިތައްވެސް ބެލިފައިވާނީ ވަކި ގަހެއްގެ ގޮތުގައެވެ.

 

ގަސް

ގަހުގެ ވަށަމިން

1 ކާނި ގަސް

100 އިންޗި

1 ހިރުނދު ގަސް

62 އިންޗި

6 މިދިލި ގަސް

  • 63 އިންޗި
  • 104 އިންޗި
  • 100 އިންޗި
  • 91 އިންޗި
  • 68 އިންޗި
  • 78 އިންޗި

         

 

 

                      

 

 

 

            ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މި ގަސްތައް ބައްލަވާ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު، 17 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ށް މި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

             އަގު ހުށައަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ކޮންމެ ގަހެއްގެ އަގު ވަކިން އެނގޭ ގޮތަށެވެ. މިތަކެތީގެ ނީލަން ނިމޭތާ 1 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން މިކައުންސިލަށް ފައިސާ ދެއްކުމަށްފަހު ގަސް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނެއެވެ. މި މުއްދަތުގައި ފައިސާ ނުދައްކަވައިފި ނަމަ، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް މި ގަސްތައް ވިއްކާލެވޭނެއެވެ. އަދި މި ތަރުތީބުން ކުރިއަށް ގެންދެވޭނެއެވެ. މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 6560005 ނަމްބރު ފޯނާއި ގުޅުއްވާ، ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

14 އޮކްޓޫބަރު 2021