ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AD/38/2021/727
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 27 އޮކްޓޫބަރު 2021 10:30
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ޕޯޑިއަމްއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

    (IUL)38-AD/38/2021/727 : ނަންބަރު

 

އިޢުލާނު

ޕޯޑިއަމްއެއް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން

   މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕޯޑިއަމްއެއް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 2021 އޮކްޓޯބަރު 26 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރު 27 ވާ ބުދަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

13 އޮކްޓޫބަރު 2021