މަސައްކަތް
ނަންބަރު: (IUL)RDC/RDC/2021/137
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 27 އޮކްޓޫބަރު 2021 11:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Consultancy services for preparation of Environmental Impact Assessment for Dh. Kudahuvadhoo Major Roads

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                          ނަމްބަރު :IUL)RDC/RDC/2021/137)  

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގައި ހިމެނޭ މަގުތަކުގެ ސާރވޭ ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ

 

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ދ. ކުޑަހުވަދޫ މަގުތަކުގެ ސާރވޭ ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އިތުރު ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  • އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 21 އޮކްޓޯބަރ 2021 (ބުރާސްފަތި) ދުވަހުގެ 12:00 ޖެހުމާއި ހަމައަށް  އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.

-          އީމެއިލް: [email protected]

-          މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފަވައި ފަރާތްތަކަށް ހުރިހާ ސުވާލެއްގެ ޖަވާބު އީމެއިލް ކުރެވޭނެއެވެ.

  • މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް [email protected] އަށް 17 އޮކްޓޯބަރ 2021 (އާދީއްތަ) ދުވަހުގެ 14:00 ޖެހުމާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނެއެވެ.

-          ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަކަށެވެ.

 

މާރކިންގ ކްރައިޓީރިއާ:

 

  • ހުށަހަޅާ އަގަށް:70%
  • ތަޖުރިބާ:30%

 ތަޖުރިބާ އަށް މާރކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 3 އަހަރު ކޮށްފައިވާ މަސައްކަތްތައް ބަޔާންކޮށްދޭ ލިޔެކިޔުން ތަކަށް ބިނާކޮށެވެ. މަސައްކަތް ވާން ވާނީ އިޢުލާންގައި ބުނާފަދަ މަސައްކަތެއް ނުވަތަ އެއާ އެއްގޮތް މަސައްކަތަކަށެވެ. މި ގޮތުން ބަލާނީ މަސައްކަތް ކޮށްދީފައިވާ އިދާރާ އަކުން މަސައްކަތް ނިންމިކަމަށް ދީފައިވާ އެތަނެއްގެ ރަސްމީ ލިޔުމެކެވެ. އެއް އިދާރާ އަކުން ނުވަތަ އެމްޕްލޯޔަރ އެއްގެ ފަރާތުން ހުށަހެޅޭނީ ގިނަވެގެން 2 ލިޔުމެވެ. ޝަރުތު ފުރިހަމަވާ ލިޔުމަކަށް ލިބޭނީ 5 މާރކްސް އެވެ. ޖުމްލަ ބަލާނީ 6 ލިޔުމަށެވެ.(

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ބިޑް ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.

2-      ވެންޑަރ ރަޖިސްޓްރޭޝަން ފޯމް (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ. )     

މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 އޮކްޓޯބަރ 2021 (ބުދަ) ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

 

                                  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

 

13 އޮކްޓޫބަރު 2021