ބީލަން
ނަންބަރު: (IUL)GS-10/INDIV/2021/22
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި:
24 އޮކްޓޫބަރު 2021 10:00
އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް ފާޚާނާ މަރާމާތުކޮށް އިތުރު 2 ފާޚާނާ އާއި ވޮޝްރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު
އޮފީސް ފާޚާނާ މަރާމާތުކޮށް އިތުރު 2 ފާޚާނާ އާއި ވޮޝްރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
- މި މަރުކަޒުގެ އޮފީސް ފާޚާނާ މަރާމާތުކޮށް އިތުރު 2 ފާޚާނާ އާއި ވޮޝްރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް، 03 އޮކްޓޯބަރ 2021 ގައި ކުރި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އަގުބޮޑުކަމަށް ފެންނާތީ، ބީލަން ހުށަހެޅުމުގެ ފުރުސަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
- މިމަރުކަޒުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަރުކަޒުގެ އޮފީސް ފާޚާނާ މަރާމާތުކޮށް އިތުރު 2 ފާޚާނާ އާއި ވޮޝްރޫމެއް ހަދައިދޭނެ ފަރާތެއްފަރާތެއް ހޯދަން ބޭނުންވެއެވެ.
- މި މަސައްކަތްކޮށް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 14 އޮކްޓޯބަރ 2021 އިން 19 އޮކްޓޯބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 11:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
- ބީލަން ހުށައަޅާނީ ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " މިމަރުކަޒުގެ އޮފީސް ފާޚާނާ މަރާމާތުކޮށް އިތުރު 2 ފާޚާނާ އާއި ވޮޝްރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށައަޅާ ފަރާތުގެ ނަމާއި ފޯން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ 24 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 00:10 ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އދ. އަތޮޅު ތައުލީމީ މަރުކަޒު، އދ މަހިބަދޫ، ދިވެހިރާއްޖެ.
ފޯން: 6680024
އީމެއިލް: [email protected] , [email protected]
13 އޮކްޓޫބަރު 2021