މަސައްކަތް
ނަންބަރު: (IUL)113-PD/1/2021/95
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 20 އޮކްޓޫބަރު 2021 13:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، ހުޅުމާލޭ ޕޯޓް ސަރަހައްދުގައި މަޖޫރީ ވެއިޓިނގް އޭރިއާއަކާއި ޓަކްޝޮޕެއް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، ހުޅުމާލޭ ޕޯޓް ސަރަހައްދުގައި މަޖޫރީ ވެއިޓިނގް އޭރިއާއަކާއި ޓަކްޝޮޕެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ސައިޓް އިންސްޕެކްޝަން އާއި ރަޖިސްޓަރީވުން

20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 13:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން ހާޒިރުވެ ރަޖިސްޓަރވުމާއި ސައިޓް އިންސްޕެކްޝަން.

 (ސައިޓްއިންސްޕެކްޝަން ކުރިޔަށްގެންދާނެ ވަގުތެއް ޕްރީބިޑް މީޓިންގ ގައި ކަނޑައެޅޭނެއެވެ. ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްސް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ސައިޓް އިންސްޕެކްޝަން އާއި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 08 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

13 އޮކްޓޫބަރު 2021