ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2021/734
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 18 އޮކްޓޫބަރު 2021 13:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން - ގއ. ވިލިނގިލި އަދި ޅ. ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

(IUL)38-CA/38/2021/734 : ނަންބަރު   

އިޢުލާން

ގއ. ވިލިނގިލި އަދި ޅ. ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން

2021 އޮކްޓޫބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގއ. ވިލިނގިލި އަދި ޅ. ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2021 އޮކްޓޫބަރު 14 ވާ ބުރާސްފަތި ދުވަހުގެހެނދުނު 10:00އިން ފެށިގެން 2021 އޮކްޓޫބަރު 18 ވާ ހޯމަ ދުވަހުގެ މެންދުރު 1:00ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި ފުރުޞަތުގައި ރަޖިސްޓަރީ ވާނީ ގއ. ވިލިނގިލި އަދި ޅ. ކުރެންދޫ ރައްޔިތުން އެކަންޏެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މަތީގައި ދެންނެވިފައިވާ ރަށްރަށުގެ ތެރެއިން ރަށަކަށް ނުވަތަ މާލެ އަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ. ވިލިމާލެ، ހުޅުމާލެގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް ވާނީ މާލެއަށް ބަދަލު ކުރެވިފައެވެ. އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ((VR space IDNO Send to 1414އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. މިޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. މި ޕޯޓަލް ބޭނުންކުރާނެ ގޮތުގެ މެނުއަލްއެއް މި އިޢުލާނާ އެއްކަރުދާސްކޮށްފައިވާނެއެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3004436 ނަންބަރަށް ގުޅުއްވުން އެދެމެވެ.

ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2021 އޮކްޓޫބަރު 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2021 އޮކްޓޫބަރު 18 ވާ ހޯމަ ދުވަހުގެ މެންދުރު 1:00ގެ ނިޔަލަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

13 އޮކްޓޫބަރު 2021