ދިވެހިރާއްޖެ
އިޢުލާން
ކ. ހިންމަފުށީގައި ފެނުގެ ނިޒާމް ޤާއިމް ކުރުން
ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް ސަރުކާރުން މިހާރު ވަނީ ފައްޓަވާފަ އެވެ. މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރި ފަރާތުން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެއެވެ.
އެޕްލިކޭޝަން ފޯމް ހުށަހެޅުމުގަ އާއި، ބަލައިގަތުމުގަ އާއި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރަންޖެހެނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރެވެމުންދާ ޤަވާޢިދު ނަންބަރު: 2020/R-10 " މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢު ތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައި ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު " ގެ 13 ވަނަ މާއްދާ އާއި އެއްގޮތަށެވެ. އަދި ފީ އަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން ( ކެޗްޕިޓް ) ގުޅައިދިނުމުގައި ބެލެވޭނީ މި ޤަވާޢިދުގެ 6 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ.
ވީމާ، މިޤަވާޢިދާއި އެއްގޮތަށް އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރައްވާ، 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގައި ގޭގެއިން ފޯމު ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ މިއިދާރާއަށް ދުރުވެ އެކަމެއް ސާފުކުރެއްވުމަށް ދަންނަވަމެވެ. ފޯމު މިއިދާރާއިން ލިބެން ހުންނާނެ އެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.