މަސައްކަތް
ނަންބަރު: B10MC/2021/06
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 19 އޮކްޓޫބަރު 2021 11:00
ހދ. ކުރިނބީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހދ.ކުރިނބީ މެޖިސްޓްރޭޓްކޯޓުގައި ފާހާނާ އެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

މިކޯޓުގައި ކޯޓު އިމާރާތާއި ގުޅުވައިގެން 4 ފޫޓް 4 ފޫޓުގެ ފާހާނާއެއް އަމިއްލަ ތަކެތީގައި ހެދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓް

ތަން: ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓް

ވަގުތު: 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00

ވަގުތު: 27 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 11:00

 

މަޢުލޫމާތް ސާފްކުރުމުށާއި، އަންދާސީހިސާބް ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތުހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. ބަދަލުގައި މީހާކު ފޮނުވާނަމަ އެކަން ބާޔާންކޮށްފައިވާ ސިޓިއެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި މަޢުލާމާތު ސާފުކުރުމަށް ހާޒިވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫން ނަންބަރު 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫން ނަންބަރު؛ 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 އޮކްޓޫބަރު 2021