މަސައްކަތް
ނަންބަރު: (IUL)438-ARISE/1/2021/45
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 20 އޮކްޓޫބަރު 2021 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - ކެޕޭސިޓީ އެންޑް ޔީލްޑް އެސެސްމެންޓް ޔޫސިންގ ހީލިއޯސްކޯޕް ސޮފްޓްވެއަރ އޮފް ސޯލާ ޕީ.ވީ. އިންސްޓޮލޭޝަން ސައިޓްސް ފޯރ އިންސްޓޮލޭޝަން އޮފް އެސްޓިމޭޓަޑް 11MW ޓު 14MW ގްރިޑް-ޓައިޑް ސޯލާ ފޮޓޯވޮލްޓައިކް ސިސްޓަމް އަންޑަރ ޑީބީފޫޓް (DBFOOT) ބޭސިސް

އެކްސެލަރޭޓިންގ ރިނިޔުއަބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓޭނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ޚަރަދުތަކަށް ވާރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ހިލޭ އެހީ ދެއްވާފައެވެ. އަދި މި ހިލޭއެހީގެބައެއް ޕްރޮޖެކްޓްގެ ގެ ދަށުން ކެޕޭސިޓީ އެންޑް ޔީލްޑް އެސެސްމެންޓް ޔޫސިންގ ހީލިއޯސްކޯޕް ސޮފްޓްވެއަރ އޮފް ސޯލާ ޕީ.ވީ. އިންސްޓޮލޭޝަން ސައިޓްސް ފޯރ އިންސްޓޮލޭޝަން އޮފް އެސްޓިމޭޓަޑް 11MW ޓު 14MW ގްރިޑް-ޓައިޑް ސޯލާ ފޮޓޯވޮލްޓައިކް ސިސްޓަމް އަންޑަރ ޑީބީފޫޓް (DBFOOT) ބޭސިސް ކޮންސަލްޓަންސީ އަށް ޚަރަދުކުރުމަށް މިޕްރޮޖެކްޓުން ވަނީ ގަސްތުކޮށްފައެވެ.   

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޮންސަލްޓަންސީ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން މި ދަޢުވަތާއި އެކީގައިވާ ޓީ.އޯ.އާރު. ގައި ބަޔާންކޮށްފައިވާ ފަދައިން ކުރީގައި ހިންގާފައިވާ މިފަދަ ޕްރޮގްރާމްތަކާއި ބެހޭ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި އަދި އެހެނިހެން މުހިންމު މައުލޫމާތު ހުށަހަޅަންވާނެއެވެ.

މިމަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ "ވޯރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެއުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މި މަސައްކަތުގެ އިތުރު މަޢުލޫމާތު މި ދަޢުވަތާއި އެކީގައި ޝާއިޢު ކުރެވިފައިވާ މި މަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ސަރުކާރު ބަންދު ނޫން ދުވަސް ދުވަހު މާލެ ގަޑިން  08:00 އިން 14:00 އަށް ލިބިވަޑައިގަންނަވާނެއެވެ. ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔެގެންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން އޮކްޓޯބަރ 20، 2021 ވަނަ ދުވަހު މާލެ ގަޑިން 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

އެރައިސް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3019217

އީމެއިލް: [email protected]

13 އޮކްޓޫބަރު 2021