ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، މި ކުންފުންޏަށް HPE 3PAR 8200 2N+SW ސްޓޯރެޖަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް، މިތަކެތި އިންސްޓޯލްކޮށް، ސިސްޓަމް އަޕްގްރޭޑް އަދި ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީހް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
14 އޮކްޓޯބަރ 2021 |
11:30 |
އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ) |
އަގު ހުށައެޅުން |
21 އޮކްޓޯބަރ 2021 |
11:30 |
އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ) |
ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އަށް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
- ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.
- އެޗް.ޕީ.އީ މެނުފެކްޗަރަރ އޮތޮރައިޒޭޝަން ލެޓާރ އޮތް ފަރާތަކަށްވުން.
ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، ކުންފުނީގެ ރަޖިސްޓްރީ، ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އަދި އެޗް.ޕީ.އީ މެނުފެކްޗަރަރ އޮތޮރައިޒޭޝަން ލެޓާރ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.
ލޯކަލް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް