ނީލަން
ނަންބަރު: (IUL)453-LTM-2/1/2021/50
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި:
24 އޮކްޓޫބަރު 2021 00:00
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް
މި ކޮމާންޑުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުންވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން ބޭނުންވެގެން އެދިފައިނުވާ މުދައު، "ދުވަހު ނީލަމުގައި" ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ހެޑްކުއާޓަރސް، ހުޅުލެ
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2021 އޮކްޓޯބަރ 25 ވަނަ ދުވަހު، ހެނދުނު 09:00 ގައި
- ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
- މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރާއި ގަޑި: 2021 އޮކްޓޯބަރ 13 ފެށިގެން 2021 އޮކްޓޯބަރ 24 އާދެމެދު ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 09:00 އިން 13:00 އަށް 3013401 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 އޮކްޓޯބަރ 2021
12 އޮކްޓޫބަރު 2021