ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2021/54
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 25 އޮކްޓޫބަރު 2021 14:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ފުޓްސެލްމުބާރާތް މުބާރާތް

      2021 ވަނަ އަހަރު މިރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް މުބާރާތުގެ ނަމުގައި ފުޓްސެލް މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

      މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ފުރިހަމަކުރެއްވުމަށްފަހު 25 އޮކްޓޯބަރ 2021 ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބެއިވެރިވުމަށް އެދޭ ފޯމާއި ޓީމްލިސްޓް ހުށަހަޅާ ފޯމެޓް ރަސްމީ ގަޑިތަކު މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަނނަވާނެ ވާހަކަ ދަންނަވަމެވެ.

      މި މުބާރާތުގައި ކުޅެވޭނީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް 15 އަހަރު ފުރިފައިވާ މިރަށުގެ ރައްވެހިންނާއި، މިރަށުގެ ރައްވެހިންނާއި ކައިވެނިކޮށްގެން މިރަށުގައި ދިރިއުޅޭ ފަރާތްތަކަށެވެ. މިރަށުގެ ރައްވެސްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތެއްގެ އާއިލާ މިރަށުގައި ދިރިއުޅެފައި އެފަދަ ފަރާތެއް އެހެންރަށެއްގައި ވަޒީފާ އަދާކުރުމަށް އުޅެމުންދިޔަނަމަވެސް ބަލާނީ އެއީ މިރަށުގައި ދިރިއުޅޭ ފަރާތެއްގެ ގޮތުގައެވެ.

      ވީމާ މިކަން އާނމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

12 އޮކްޓޫބަރު 2021