މަސައްކަތް
ނަންބަރު: (IUL)MAI-108/PRIV/2021/1
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 14 އޮކްޓޫބަރު 2021 15:00
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ، ޕްލާކް އަދި ސޭޝް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

1.   މި މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ އާއި ޕްލާކް އަދި ސޭޝް ތައްޔާރުކޮށްދީ އެ ޖަލްސާއަށް ލައިޓިންގގެ ޚިދުމަތް ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)MAI-109/MAI/2021/10) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢޫލޫމާތަށް ބަދަލު ގެންނަން ޖެހުމާ ގުޅިގެން، އެ އިޢުލާނު ބާޠިލުކޮށް މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2 .  މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޮކްޓޫބަރު  12 ން 2021 އޮކްޓޫބަރު 14 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 15:00 އަށް މި ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 .  މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮކްޓޫބަރު 14 ވަނަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 .  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޮކްޓޫބަރު 17 ވަނަ ދުވަހުގެ 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 6 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ.

5 .  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3323627

[email protected]

                                            

12 އޮކްޓޫބަރު 2021