ބީލަން
ނަންބަރު: (IUL)425-A2/1/2021/ 245
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 27 އޮކްޓޫބަރު 2021 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަންނު ގަޑިބުރު އަމިއްލަ ޚަރަދުގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)425-A2/1/2021/219 އިޢުލާނަށްއެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުން

މި ކައުންސިލުން ދޭ ނަމޫނާއާއި އެއްގޮތައް މާފަންނު ގަޑިބުރު އަމިއްލަ ޚަރަދުގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ގަޑިބުރު ތަރައްޤީ ކުރަން ބޭނުންވަނީ ގަޑިބުރުވަށައި ލެޑްބޯޑް ހަރުކޮށްފައި ،އެ ބޯޑުގައި އެފަރާތަކުން ބޭނުންވާގޮށް އިޝްތިހާރު ކުރެވޭގޮތަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

ބީލަން ރަޖިސްޓަރީ ކުރުމާއި މަޢުލޫމާތު ސާފުކުރުން

21 އޮކްޓޯބަރ 2021

11:00

މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާއިރު ބީލަމަށް  ރެޖިސްޓަރވާ ފޯމް ހުށަހަޅާންވާނެއެވެ

ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ

އަގު ހުށަހެޅުން

27 އޮކްޓޯބަރ 2021

10:00

ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ

 

  • މަޢުލޫމާތު ސާފުކުރުމާއި ބީލަމުގައި ރަޖިސްޓްރީވުން : މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ފުރިހަމަކުރައްވާފައިވާ ބީލަން ރަޖިސްޓްރީ ފޯމް ހުށަހަޅަންވާނެއެވެ

 

  • މިއިއުލާނާއެކު ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު: 

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025407   / އީމެއިލް: [email protected]

12 އޮކްޓޫބަރު 2021