ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-F/1/2014/87
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2014
ޕަބްލިޝްކުރި ގަޑި: 15:51
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ރަންޔޫބީލް މުނާސަބަތާއި ގުޅިގެން ލަވައާއި، ރާގު، ނިޝާން ފަރުމާ ކުރަން ބޭނުންވެގެން ކުރި އިޢުލާނާގުޅޭ

އިޢުލާން

ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ރަންޔޫބީލް މުނާސަބަތާ ގުޅިގެން ލަވައާއި، ރާގު، ނިޝާން ފަރުމާ ކުރަން ބޭނުންވެގެން ކުރި ނަންބަރު: (IUL)10-F/1/2014/81,82  (26 ޖޫން 2014) ގެ އިޢުލާންގެ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފީމެވެ. މި ގޮތުން މުއްދަތު އިތުރު ކުރަންޖެހުނީ ވީހާ ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ލަވަ، ރާގު، ނިޝާނަށް ހުށަހެޅުންތައް ހުށަހަޅުއްވާނީ 17 ޖުލައި 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ.

އަދި ދަންނަވަމެވެ. ހުށަހަޅުއްވާ ލަވައިގައި ހިމަނުއްވާނީ މައިގަނޑަކާއި 3 ކަނޑިއެވެ.

08 ރަމަޟާން 1435

06 ޖުލައި 2014