ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-D/266/2021/112
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި:
17 އޮކްޓޫބަރު 2021 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުން
އިޢުލާން
ކުޅުދުއްފުށީ ގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ދަށުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅުއްވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވާތީ އެފަދަ ފަރާތްތައް، ތިރީގައިވާ ލިންކް މެދުވެރިކޮށް 17 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ދަތި ފަރާތްތަކުން 11 އޮކްޓޯބަރ 2021 އިން 14 އޮކްޓޯބަރ 2021 ވަނަ ދުވަހު 13:00 - 14:00 ދެމެދު ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންވާނޭ ލިޔުންތައް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ނުކުޅެދުންތެރިކަމާބެހޭގޮތުން ލިބިފައިވާ ޑޮކްޓަރީލިޔުން ނުވަތަ ނުކުޅެދުންތެރިކަމާބެހޭ ދާއިރާގެ ޚިދްމަތްތެރިއެއްގެ ލިޔުމެއް
- ފޯމް ގެ ލިންކް
https://kulhudhuffushicity.gov.mv/applyfordisability/
10 އޮކްޓޫބަރު 2021