ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2021/202
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 08:55
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ބާޠިލްކުރުމާއި ގުޅޭ؛

އިޢުލާން

 

އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ބާޠިލްކުރުމާއި ގުޅޭ؛

         "ޖޮބް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް (C-0390/2006)" ގެ ފަރާތުން ރަޖިސްޓްރީކޮށްފައިވާ އެމްޕްލޯއިމަންޓް އެޖެންސީ (28/2006) ހިންގުމުގެ ހުއްދަ ބާޠިލުކޮށްދިނުމަށް އެދި " ޖޮބް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް " އިން ވަނީ މި މިނިސްޓްރީއަށް ހުށަހަޅާފައެވެ.

         ވީމާ،  މަތީގައި ދަންނަވާފައިވާ ކުންފުނީގެ ފަރާތުން ނުވަތަ އެމްޕްލޯއިމަންޓް އޭޖެންސީއެއްގެ ހައިސިއްޔަތުން ކުރައްވާފައިވާ މުޢާމަލާތްތަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް އޮތްނަމަ، 25 އޮކްޓޫބަރ 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ލިޔުމަކުން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ.

12 އޮކްޓޫބަރު 2021