ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)371-ESMSED/371/2021/141
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 11:53
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ހުއްދަނެތި އިންދާފައިވާ ރުއްގަހާއިގުޅޭ

މި ކައުންސިލްގެ04 ވަނަ ދައުރުގެ 2021 ވަނަ އަހަރުގެ 14 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވާގޮތަށް ކައުންސިލްގެ ހުއްދަ ހޯދުމަކާއިނުލާ ރަށުގެ އެކިސަރަޙައްދުތަކުގައި ޖަހާފައިވާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސް ކަމަށްވަނީ ނިންމާފައެވެ. އަދި ރަށުގެ ލޭންޑްޔޫސްޕްލޭން ހެދުމަށްފަހު ލޭންޑްޔޫސްޕްލޭންގައި ހިމެނޭ ބިންތަކުގައިހުރި މިފަދަ ރުއްގަސް ނެގުމަށް އިޢުލާން ކުރުމަށްފަހު މިގޮތަށް އިންދާފައިވާ ރުއްގަސް ވަކިމުއްދަތެއް ދިނުމަށްފަހު އެމުއްދަތުގެ ތެރޭގައި ރުއްގަސްއިންދާފައިވާ ފަރާތުން އެ ރުއްގަސް ނުނަގައިފިނަމަ ކައުންސިލްގެ ބެލުމުގެ ދަށުން އެރުއްގަސް ނައްތާލެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮކްޓޫބަރު 2021