މުބާރާތް
ނަންބަރު: (IUL)342/INDIV/2021/108
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 14 ނޮވެންބަރު 2021 13:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯގޯ ފަރުމާކުރުމުގެ މުބާރާތް

 ނަންބަރު: (IUL)342/INDIV/2021/108

އިޢުލާން

 

ލޯގޯ ފަރުމާކުރުމުގެ މުބާރާތް

 

           މި ކައުންސިލުން އއ.މަތިވެރީގެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއްގެ ގޮތުގައި މުޅި ރަށަށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި  1000ރ (އެއްހާސް ރުފިޔާ) ލިބޭނެއެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިޢުލާނާއެކީ ޢާންމުކުރީމެވެ.

1. ފަރުމާކޮށްފައިވާ ލޯގޯ 14 ނޮވެމްބަރު 2021 ގެ 13:00 ކުރިން ހުށަހަޅަންވާނެއެވެ.  

2. ލޯގޯ ހުށަހަޅުއްވާނީ  އީ-މެއިލް މެދުވެރިކޮށް [email protected]  އަށެވެ.

3. އެންމެ ގިނަވެގެން ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ 2 ލޯގޯއެވެ.

4. ލޯގޯ ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭ ފޯމް ފުރިހަމަކޮށްފައި ހުށައަޅަންވާނެއެވެ.

5. ލޯގޯ ޕީ.އެން.ޖީ ފައިލާއެކު އެސް.ވީ.ޖީ، އީ.ޕީ.އެސް، ކޮރަލްޑްރޯ ނުވަތަ އެފަދަ އެހެން ސޮފްޓްވެއަރއަކުން ހަދާފައިވާ އޮރިޖިނަލް ވެކްޓަރ ފައިލް ހުށައަޅަންވާނެއެވެ.

6. ލޯގޯގައި ބޭނުންކުރާ ކުލަތަކުގެ ޕެންޓޯލް ނަންބަރު، ކުލަ ކޯޑް ޕީ.އެން.ޖީ ފައިލްގައި ހިމަނަންވާނެއެވެ.

ލޯގޯ ހުށަހެޅުން

 

1. ލޯގޯއިން އަރިއަތޮޅު އުތުރުބުރީ މަތިވެރި ރަމްޒުކޮށްދިނުން، އަދި ރަށުގެ ތާރީޚާއި، ގުދުރަތީ ރީތިކަމާއި ސަގާފަތް ދައްކައިދިނުން

2. ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުންކުރަމުންގެންދާ ލޯގޯތަކާ ތަފާތުވުން.

3. "ޗާލު މަތިވެރި" މި ޝިއާރަށް ބިނާކޮށް ލޯގޯ ފަރުމާކުރުން

4. ލޯގޯގައި މަދު ކުލަތަކެއް ބޭނުންކޮށްފައިވުން

5. އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވުން.

ލޯގޯފަރުމާކުރުމުގައި

 ސަމާލުކަންދޭންޖެހޭ 

ކަންތައްތައް:

 

ރަށުގެ އިދާރާތަކާއި ކްލަބް ޖަމިއްޔާތަކާއި ކައުންސިލް ޝާމިލްވާ ކޮމިޓީއަކުން، ލިބިފައިވާ ހުށައެޅުންތަކުން އެންމެ ރަނގަޅު ފަރުމާތައް ހޮވައި، އެ ފަރުމާތަކުން %70 ކޮމިޓީގެ ވޯޓް އަދި %30 ކައުންސިލްގެ ވައިބާ ކޮމިއުނިޓީ ގުރޫޕުގައި ނެގޭ ވޯޓް އިން އެންމެ މަތިން ލިބޭ ފަރުމާއެއް ހޮވުން

ލޯގޯ ފާސްކުރުން

        

   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

                       04 ރަބީޢުލްއައްވަލް 1443

                       10 އޮކްޓޫބަރު 2021 

10 އޮކްޓޫބަރު 2021