ދިވެހިރާއްޖެ
އިޢުލާން
ބީލަންހުށަހެޅުމުގެ ދަޢުވަތު:
ށ.ފޭދޫ ޕްރީސްކޫލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަމްބަރ:(IUL)274/INDIV/2021/59 އިޢުލާން ބާތިލް ކުރުމަށްފަހު ޕްރީސްކޫލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ. މިމަސައްކަތައް ބީލަންހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.
ބީލަމާއިގުޅިގެންބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 13 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގްރޫމުގައި އޮންނާނެއެވެ. މިބީލަމާއިގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ 17 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.މިގޮތުން ހުށަހެޅޭ ސުވާލުތަކަށް ދެވޭ ޖަވާބުތައް އެދުވަހުގެ 14:00ގެ ކުރިން ފޮނުވޭނެއެވެ.
ބީލަންބަލައިގަތުން އަދި ހުޅުވުން އޮންނާނީ 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިންގްރޫމުގައެވެ. ބީލަންތައްހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި،އިޢުލާންގެ ނަމްބަރާއި،ޕްރޮޖެކްޓްގެ ނަމްބަރާއި،ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
ހުށަހަޅާ ބީލަންތައް ވަޒަންކުރާނެ މިންގަނޑާއި،ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި ދަންނަވަމެވެ.ޕްރީބިޑް ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު އަގު ހުށަހެޅުމުގެފުރުސަތު ނެތްވާހަކަ ދެންނެވީމެވެ.އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިލަދުންޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ/ފިނިވާމަގު/ށ.ފޭދޫ
- އީމެއިލް އެޑްރެސް:[email protected]
- ވެބްސައިޓް:www.feydhoo.gov.mv