ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2021/47 : ނަންބަރު
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް، މި ކޯޕަރޭޝަންގެ އައު ފަންގިފިލާގައި ޕާރޓިޝަންޖެހުމުގެ (ބިއްލޫރި އަދި އެލްމިނިއަމް) މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 27 ސެޕްޓެމްބަރ 2021 ގައި ކުުރެވުނު އިއުލާން، ނަންބަރު : (IUL)MMPRC-PRO/1/2021/42ގެ މުއްދަތު ހަމަވެ މަޢުލޫމާތު ސާފުކުރެއްވުމަށް އެކަށީގެންވާ އަދަދަށް މީހުން ހާޒިރު ވެފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް، އެފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 އޮކްޓޯބަރ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޕަރޭޝަނަށް (ހ.ޒޮނާރިއާ، 2 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 އޮކްޓޯބަރ 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިއިޢުލާނާއެކު މި ފަންގިފިލާގެ ކުރެހުން އެއްއުރަކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2021 އޮކްޓޯބަރ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 03:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected] copy to [email protected]
ނަން: ފާތިމަތު ރަހީލް
މަޤާމް: ޑިރެކްޓަރ
04 ރަބީޢުލް އައްވަލް 1443
11 އޮކްޓޯބަރ 2021