ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-BPP/30/2021/216
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 21 އޮކްޓޫބަރު 2021 13:30
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އޯޝަން ޔޫސް ސާރވޭ ފެސިލިޓޭޓަރ ވަޒީފާގެ ފުރުޞަތު (މުއްދަތު އިތުރުކުރެވިފައި)

ނޫ ރާއްޖެ ޕްރޮގްރާމް

ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ [ނޫ ރާއްޖެ ޕްރޮގްރާމް] އަކީ ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރި ކުރުމާއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމަށް ހިންގޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މިމިނިސްޓްރީއިން ހުޅުވާލަމެވެ.

 

މަޤާމް:             އޯޝަން ޔޫސް ސާރވޭ ފެސިލިޓޭޓަރ

ބޭނުންވާ ޢަދަދު:       އަންނަނިވި އަތޮޅުތަކުގެ ތެރެއިން ކޮންމެ އަތޮޅަކުން 2 (ހއ، ށ، ރ، ބ، ޅ، އދ، މ، ފ، ދ، ގދ، ޏ އަދި ސ)

ގިންތި:             ކޮންޓްރެކްޓް

މުއްދަތު:            03 މަސް

މުސާރަ:             މަސައްކަތްކުރާ ދުވާލަކަށް 40 ޑޮލަރުގެ ނިސްބަތުން

 

މަޤާމުގެ ޝަރުތުތަކާއި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މިމަޤާމުގެ ޝަރުތުތަކާއި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އިނާޔަތްތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މިމިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ލިންކް: https://www.nooraajje.org/ous-facilitator

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

  • މިމަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 21 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ވެއިޓް އިންސްޓިޓިއުޓްގެ ޕްރޮގްރާމް މެނޭޖަރ، ރޮބިން ރަމްދީން ([email protected]) އަށް އަދި ނޫރާއްޖެ ސައިޓް މަނޭޖަރ  ފާޠިމަތު  ނިސްތަރަން ([email protected]) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 7944566 ނަމްބަރު  ފޯނާއި ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.

                         

                               05 ރަބީޢުލް އައްވަލް 1443

11 އޮކްޓޫބަރު 2021