މަސައްކަތް
ނަންބަރު: (IUL)13-K/13/2021/307
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 23:32
ސުންގަޑި: 28 އޮކްޓޫބަރު 2021 10:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
އއ.މަތިވެރި ސްކޫލް މަލްޓި ޕާރޕަސް ހޯލް އަދި 12 ކްލާސްރޫމުގެ 3 ބުރި އިމާރާތުގެ މަސައްކަތާއި، މ.ނާލާފުށި ސްކޫލް 2 ބުރި އިމާރާތުގެ މަސައްކަތް އަދި ގދ.ހޯނޑެއްދޫ ސްކޫލް 2 ކްލާސްރޫމް، ލެބް އަދި އައި.ސީ.ޓީ އިމާރާތުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

 

1. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ދިވެހި ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރޮކިއުމަންޓު ނަންބަރު

ޕްރޮކިއުމަންޓުގެ ނަން

ބިޑް ސެކިޔުރިޓީ ޢަދަދު ދިވެހި ރުފިޔާއިން

TES/2021/W-148

އއ.މަތިވެރި ސްކޫލް މަލްޓި ޕާރޕަސް ހޯލް އަދި 12 ކްލާސްރޫމުގެ 3 ބުރި އިމާރާތުގެ މަސައްކަތް

110,000.00ރ

TES/2021/W-149

މ.ނާލާފުށި ސްކޫލް 2 ބުރި އިމާރާތުގެ މަސައްކަތް

35,000.00ރ

TES/2021/W-150

 

ގދ.ހޯނޑެއްދޫ ސްކޫލް 2 ކްލާސްރޫމް، ލެބް އަދި އައި.ސީ.ޓީ އިމާރާތުގެ މަސައްކަތް

30,000.00ރ

2. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް 01 ،GC01 ގެ ގްރޭޑް 02،GC01 ގެ ގްރޭޑް 03،GC01 ގެ ގްރޭޑް 04 އަދި GC01 ގެ ގްރޭޑް 05 އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.

3. މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

4. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 11 އޮކްޓޯބަރު 2021 އިން 26 އޮކްޓޯބަރު 2021 އަށް،  މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.

5. މި މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 13 އޮކްޓޯބަރު 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

6. މި ޕްރޮޖެކްޓުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 އޮކްޓޯބަރު 2021 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. މި ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ބިޑު ސެކިއުރިޓީ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

8. ބީލަން ހުޅުވުން އޮންނާނީ 28 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : +960 3349102, +960 3349147

އީމެއިލް  : [email protected]

ކޮޕީ   : [email protected]  

10 އޮކްޓޫބަރު 2021