މަސައްކަތް
ނަންބަރު: (IUL)1-CSO(FM)/1/2021/84
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 14 އޮކްޓޫބަރު 2021 10:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ފޮތާއި ދަޢުވަތު ކާޑު ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ ފޮތާއި ދަޢުވަތު ކާޑު (ސިޓީއުރައާއެކު) ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހުގެ ބޭނުމަށް، ދަޢުވަތު ކާޑާއި އޭ5 ސައިޒުގެ ފޮތް، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2021 އޮކްޓޫބަރު 14 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 އޮކްޓޫބަރު 14 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2021 އޮކްޓޫބަރު 19 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

4 ރަބީޢުލްއައްވަލް 1443

10 އޮކްޓޫބަރު 2021