ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)378/2021/27
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 21 ނޮވެންބަރު 2021 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ތެރިއިން ގޭގެއަށް ކަނެކްޝަން އެޅުމަށްއެދި ފޯމް ހުށަހެޅުމާއި ގުޅޭ

ގަވައިދު ނަންބަރު: 2020/R-10 "މީހުން ދިރިއުޅޭ ރައްރަށުގައި ހިންގާ މަޝްރޫޤުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވައިދު" ގެ ދަށުން ދ.ހުޅުދެލީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ތެރެއިން ގޭގެއަށް ކަނެކްޝްން ހެދުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލަމެވެ.

      ފީއަކާނުލާ ފެންމީޓަރ ގުޅައިދިނުމުގެ ބެލެވޭނީ އިސްވެދެންނެވުނު ޤަވައިދުގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. އަދި ފޯމް ބަލައިގަތުމާއި، ލިސްޓް ފައިނަލްކުރުމުގައި، އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ އިސްވެދެންނެވުނު ޤަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.  އިސްވެދެންނެވުނު ގަވައިދު ދިވެހިރާއްޖޭގެ ގެޒެޓްއިން ފެންނަން ހުންނާނެވާހަކަ ދަންނަވަމެވެ.

        ވީމާ 21 ނޮވެމްބަރ 2021 ވާ އާދިންތަ ދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި އެޕްލިކޭޝަން ފޯމް މި އިދާރާއިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ. ފޯމްބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށް ކަމުގައި ދަންނަވަމެވެ.

                ވީމާ،މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

10 އޮކްޓޫބަރު 2021