މުބާރާތް
ނަންބަރު: (IUL)305-ME305/305/2021/70
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި: 10 އޮކްޓޫބަރު 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ވާދަ ކުރުމަށް ބައިވެރިން ހޮވުމާއި ގުޅޭ

އިޢުލާން

ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ވާދަ ކުރުމަށް ބައިވެރިން ހޮވުމާއި ގުޅޭ

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމު ކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އަތޮޅުން ވާދަ ކުރުމަށް އަތޮޅު އޮޑިޝަނުގައި ބައިވެރި ކުރާނެ ބައިވެރިން ހޮވުމަށް ރަށު އޮޑިޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތު ރަށު އޮޑިޝަނުން ހޮވޭ ބައިވެރިންގެ ލިސްޓް 14 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

މިހެން ކަމުން ރަށު އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޫބަރު 11، 12 ގައެވެ. އަތޮޅު އޮޑިޝަނުގައި ވާދަ ކުރެވެނީ ބަލައިގެން ކިޔެވުމުގެ ބައިން 10 ބައިވެރިންނަށާއި ނުބަލާ ކިޔެވުމުގެ ބައިން 5 ބައިވެރިން ނަށެވެ. މި މުބާރާތުގައި ބައިވެރިވާ ޢުމުރު ކަނޑައަޅާނީ 1 ޖަނަވަރީ 2021 އަށެވެ.

    މުބާރާތުގެ ޢުމުރުފުރާތަކާއި މުޤައްރަރު

 

#

ޢުމުރުފުރާ

ބަލައިގެން

ނުބަލާ

މަތިން

ތިރިން

މަތިން

ތިރިން

1

6 އަހަރުން ދަށް

1 ވަނަ ފޮތް

30 ވަނަ ފޮތް

ޞަފްޙާ 1-11

ޟުޙާއިން ތިރި

2

9 އަހަރުން ދަށް

ފުރަތަމަ 3 ފޮތް

ފަހު 3 ފޮތް

1 ވަނަ ފޮތް

30 ވަނަ ފޮތް

3

12 އަހަރުން ދަށް

ފުރަތަމަ 5 ފޮތް

ފަހު 5 ފޮތް

ފުރަތަމަ 2 ފޮތް

ފަހު 2 ފޮތް

4

15 އަހަރުން ދަށް

ފުރަތަމަ 7 ފޮތް

ފަހު 7 ފޮތް

ފުރަތަމަ 3 ފޮތް

ފަހު 3 ފޮތް

5

18 އަހަރުން ދަށް

ފުރަތަމަ 9 ފޮތް

ފަހު 9 ފޮތް

ފުރަތަމަ 4 ފޮތް

ފަހު 4 ފޮތް

6

18 އަހަރުން މަތި

ފުރަތަމަ 15 ފޮތް

ފަހު 15 ފޮތް

ފުރަތަމަ 5 ފޮތް

ފަހު 5 ފޮތް

 ވީމާ، ރަށު އޮޑިޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 10 އޮކްޓޫބަރު 2021 ވާ އާދިއްތަ ދުވަހުގެ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ  ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 ން މެންދުރުފަހު 2:00 އަށް އަދި ބަންދު ދުވަސްތަކުގައި މެންދުރުފަހު 2:00 ން 3:00 އަށެވެ.

29 ޞަފަރު  1442

06 އޮކްޓޫބަރު 2021