ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2021/67
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 27 މާރިޗު 2022 00:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ

އިޢުލާން

ގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ

 ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން) ގެ 151 ވަނަ މާއްދާގެ (ޔ) ގެ ދަށުން އެކުލަވާލެވިފައިވާ "ގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ" ޤަވާއިދު ނަންބަރު: 2013/R-757 އާއި ޚިލާފަށް ބައެއް ގެތަކުގެ ފުރާޅުން ފެން މަގުމައްޗަށް ދޫކޮށްލާފައި ހުރިކަން ފާހަގަ ކުރެވިފައިވާތީ ދަންނަވަމެވެ.

 މިޤަވާއިދުގެ 4 ވަނަ މާއްދާގެ (ހ) "އިމުގެ މަގުމައްޗާވީ ފަޅިން އިމާރާތްކޮށްފައި ހުންނަ ބިނާތައް މަގުމައްޗަށް ފެންފަހިވާ ގޮތަށް ހިޔާ ކުރާނަމަ، ފުރާޅުގައި ދިޔަދޮވިލައި، ހޮޅި ގުޅައި މަގުމައްޗަށް ފުރާޅުން ފެން ނުފައިބާ ގޮތަށް ހަދަންވާނެއެވެ." މިފަދައިން ބަޔާން ކޮށްފައިވުމާއި މިމާއްދާގެ (ށ) ގައި "މިމާއްދާގެ (ހ) ގައި ބުނެފައިވާ ދިޔަދޮވިން މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރެގެން ނުވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އަދި މިޤަވާއިދުގެ (5) ވަނަ މާއްދާގެ (ހ) ގައި "އިމާރާތުގައި ހަދައިފައި ހުންނަ ޓެރަސް ބެލްކަނީފަދަ ތަންތަނަށް ޖަމާވާ ފެނާއި އެއާރކޯންފަދަ  ތަކެތިން މަގުމައްޗަށް ފައިބާ ގޮތަށް ނުވަތަ މަގުމައްޗަށް އޮހޭ ގޮތަށް ބެހެއްޓުމަކީ މަނާކަމެކެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އަދި މިމާއްދާގެ (ށ) ގައި "އިމާރާތުގައި ހަދައިފައި ހުންނަ ޓެރަސް ބެލްކަނީފަދަ ތަންތަނަށް ޖަމާވާ ފެނާއި އެއާރކޯނުފަދަ ތަކެތިން އުފެދޭ ފެން މަގުމައްޗަށް ނުފައިބާ ގޮތަށް ހޮޅިލައި އެ ހޮޅިން ފައިބާ ފެން ކާނުގެ ތެރެއަށް ނުވަތަ އެހެންވެސް ގޮތަކުން ބިމަށް ހިންދޭނެ ގޮތް ހަދަންވާނެއެވެ." މިފަދައިން ބަޔާން ކޮށްފައިވެއެވެ.

މި ޤަވާއިދަށް އަމަލު ކުރަން ފެށިފައިވަނީ 27 ނޮވެމްބަރ 2013 ކަމަށްވެފާ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތާ ޚިލާފަށް މިޤަވާއިދަށް އަމަލު ކުރުމުގެ ކުރިން ހެދިފައިވާ ތަންތަން މި ޤަވާއިދަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ރަނގަޅު ކުރަންވާނެކަމަށް (5) ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވެއެވެ. އަދި މި ޤަވާއިދުގެ (6) ވަނަ މާއްދާގައި ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންވީ ފިޔަވަޅުތައް ބަޔާން ކޮށްފައިވެއެވެ.  

ވީމާ، މިޤަވާއިދާ ޚިލާފަށް ގޭގެ ފުރާޅުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުރި ފުރާޅުތަކާއި ދިޔަދޮވިތަކާއި، ދިޔަދޮވި ހޮޅިތައް މަގުމައްޗަށް ފެން ނުފައިބާނެހެން ހަދާ މިއަދުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ރަނގަޅު ކުރުމަށް އަންގާ ނަސޭހަތްތެރިވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20  ޞަފަރު  1443

27 ސެޕްޓެންބަރު 2021